ހިންމަފުށީގައި ޤާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ކަމިޝަން ކުރުން
ހިންމަފުށީގައި ޤާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ކަމިޝަން ކުރުން
ސްޓެލްކޯ އިން ކ.ހިންމަފުށީގައި އަލަށް ޤާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ވަނީ އެނަޖައިޒްކޮށް ކަމިޝަން ކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވިގެންދާނެ ކަމަށެވެ.

“މި ނިޒާމާއިއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ޤާއިމު ކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ. ވަނީ އިތުރުކުރެވިފައި.” ސްޓެލްކޯއިން ވަނީ ބުނެފައެވެ.



އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަ ވެގެންދާނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލެ، ހުޅުލޭގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި، ވ. އަތޮޅުގެ ރަށްތަކާއި، އއ. އަދި އދ. އަތޮޅުގެ ރަށްތަކަށް ވެސް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ އެ ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން