ރާއްޖެއަށް ބިލިއަނުން ޑޮލަރު ވަންނައިރުވެސް ރާއްޖޭގެ ރިޒާވްކުޑަކަމުން ބޭރުގެ ފަރާތްތަކުން ވެސް ސުވާލުކުރާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިއަދު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ ދާދި ފަހުން ރިޒާވް ބޭންކު އޮފް އިންޑިއާގެ ބައްދަލުވުމަކަށް އޭނާ ވަޑައިގެންނެވި ކަމަށާއި އަދި އެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ރިޒާވްއާ ގުޅޭ ގޮތުން ސުވާލު އަމާޒުވި ކަމަށެވެ.
އެގޮތުން ރާއްޖެއަށް އަހަރަކު ހަތަރު ބިލިއަން ޑޮލަރު ވަންނައިރު ރާއްޖޭގެ ރިޒާވް އެހާ ކުޑައީ ކިއްވެގެންތޯ ސުވާލު އަމާޒުވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ހަމަ އެހެންމެ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ބޭފުޅުންވެސް އެ ސުވާލުކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ހަގީގަތަކީ ފޮރިން އެކްސްޗޭންޖުގެ ގާނޫނެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ އެމްއެމްއޭގެ އަތް މި އޮތީ ބަނދެވިފައި. އެހެންވީމާ އެ ހަގީގަތުގައި ގާނޫނެއް ގެންނަން ޖެހޭ ސަބަބަކީ އެހެން ގައުމުތަކުގައި ވެސް މީގެ އެތައް އަހަރެއް ކުރިން އެހެން ގައުމުތަކުގައި ވެސް އެ މަސައްކަތް ފަށާފައި ހުރީ." މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށްޓަކައި ކުރިން އޮތް ޕޮލިސީ ރަނގަޅުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް އެމްއެމްއޭއިން އެކަމާ ގުޅޭ ގާނޫނުގެ މަސައްކަތްތައް އަވަސްކުރަން ޖެހުނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖުގެ މާކެޓްގައި ހާއްސަކޮށް ބޭންކުތަކަށް ޑޮލަރު ވަންނަލެއް މާބޮޑަށް ވެސް ދަށްވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު