މާލޭގެ މޭޔަރ މުހަންމަދު ޝިފާ އާއި އެހެން މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
މާލޭގެ މޭޔަރ މުހަންމަދު ޝިފާ އާއި އެހެން މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން އެމައްސަލަ ހައިކޯޓަށް ހުށައެޅުމަށް ނިއްމައިފިއެވެ.

މާލޭގެ މޭޔަރ ޝިފާ މުހަންމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެންގީ ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު މެންދުރުފަހު 3:00 ގައި ވޯޓުނަގަން އެޖެންޑާކޮށްފައިވަނިކޮށެވެ. މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު އެ މައްސަލަ ހުށައަޅުއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިން ނަމަވެސް އެ މުއްދަތު ހަމަވިއިރު ޝިފާ އެމައްސަލައަށް ޖަވާބުދާރީ ވެވަޑައިގެންފައެއް ނުވެއެވެ. އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވީ އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި އެލްޖީއޭގެ ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

"ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުންގެންދާ މި ދަނޑިވަޅުގައި، މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށަހަޅުއްވާފައިވާ، ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓު މިވަގުތު ކުރިއަށް ނުގެންދެވުމަށް ދެންނެވީމެވެ." ހުކުރު ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ފޮނުވި ސިޓީގައި އަފްޝަން ވިދާޅުވި އެވެ.

ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެލްޖީއޭ އިން ހުއްޓުވައިފައިވާއިރު އެލްޖީއޭގެ ސީއީއޯ އަކަށް ހުންނެވީ އެމްޑީޕީގެ ކުރީގެ ސެކްޓެރީ ޖެނެރަލް އަފްޝަން ލަތީފެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އެކަމާ ގުޅިގެން މައްސަލަ ހުށައެޅުއްވި މުހަންމަދު ފަޒީން ވިދާޅުވީ ވޯޓް ނަގަން ބައިގަޑިއިރަށް ވެފައިވަނިކޮށް ބައްދަލުވުން ނުބޭއްވޭނެ ކަމަށް އެންގުމަކީ އެލްޖީއޭގެ ސީއީއޯގެ ހައިސިއްޔަތުން ގާނޫނުގެ ބާރުކަނޑުވާލުމަށް އަފްޝަން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކައުންސިލަރުންގެ ތާއީދާއެކު އިތުބާރު ނެތް ކަމުގެ މައްސަލަައިގައި ފަޒީން ވަނީ ޝިފާގެ 39 މައްސަލައެއް ފާހަގަކުރައްވާފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އެލްޖީއޭ އިން އެ އިޝާރަތްކުރާ އިންކުއަރީ އަކީ ނުވަތަ ޝަކުވާއަކީ ޝިފާގެ އިތުބާރު ނެތްކަމަށް މައްސަލަ ހުށައަޅާފައިވާ ފަޒީން އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަނިކާ ގުޅޭގޮތުން އެލްޖީއޭ އަށް ޝިފާ ހުށަހެޅުއްވި މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން