ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ރޭގަނޑު 8ގެ ފަހުން މާލޭ ސަރަހައްދުގައި ދުއްވުން މަނާ ކުރުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރު މުހަންމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ އިގުތިސާދުގެ މައިބަދަ ކަމަށާއި، ރޭގަނޑުގެ އެންމެ މުހިންމުވަގުތުގައި ވެހިކަލް ނުދުއްވޭގޮތަށް ހެދުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާކަމަށެވެ.

ވެހިކަލް ދުއްވުން މަނާކުރުމުން އެ ވިޔަފާރިތައް ހުއްޓިގެންދާ ކަމަށާއި އޭގެ ބަދަލުގައި ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކުރުން ވަރަށް މުހިއްމު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް ނާޒިމް ވިދާޅުވި އެވެ.

"ވިޔަފާރިތައް ހުއްޓާލަން މަޖުބޫރުވުމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ" ނާަޒިމް ކުރެެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

ވެހިކަލްތައް ރޭގަނޑު 8 އިން 10 އަށް ދުއްވުން މަނާކޮށްފައިވީ ނަމަވެސް އެ ގަޑި ތަކުގައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ހަަމަޖައްސާފައެވެ. އަދި ރޭގަނޑު 10 ގެ ފަހުން ކާފިއު ހިންގާތީވެ އެ ގަޑީގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. މިހާރު ރޭގަނޑު ފިހާރަތައް 9:30 ގައި ބަންދުކުރަން ޖެހޭއިރު ބައެއް ފިހާރަތައް ރޭގަނޑު އަށެއް ގެ ފަހުން ނުހުޅުވާ ކަން ފާހަގަކޮށްލެވެއެވެ.އެޗްޕީއޭގެ މި ނިންމުމަށް ވަރަށް ގިނަ ބަޔެއްގެ ފާޑިކިޔުން އަމާޒުވެފައިވެެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން