ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ ރިޕޯޓް ހުށަނާޅާ ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި ޑީއާރުޕީއާއި ދެކޮޅަށް ދައުވާކުރަން ފޮނުވައިފިއެވެ.

މި ފައިސާ އަކީ އެކި އަހަރުތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށައަޅާފައިނުވަތީ ޖޫރިމަނާގެ ގޮތުގައި ޑީއާރުޕީން އީސީ އަށް ދައްކަން ޖެހޭ ފައިސާއެވެ. އެއީ، 2015، 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް އެނގިފައެއް ނުވެއެވެ.

އިލެކްޝަން ކޮމިޝަނުން ތަކުރާރުކޮށް ޑީއާރުޕީއަށް ރިޕޯޓްތައް ހުށައެޅުމަށް އަންގައި ރިޕޯޓްތައް ހުށަނޭޅުމުން ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅައި ޖޫރިމަނާކޮށް، އެފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ. ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުން ޤާނޫނުގެ ތެރެއިން ކަންކަން ކުރުމަށް ޑީއާރްޕީއަށް އަންގާފައިވާކަމަށެވެ. ޚާއްސަކޮށް ކޮންމެ ޕާޓީއަކުންވެސް އެޕާޓީއަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށް އީސީން ބުނެފައި ވެއެވެ.

ޑީއާރުޕީން ޤާނޫނުގައި ވާ ގޮތަށް ފައިސާ ނުދައްކައި ދިޔަ މުއްދަތުގައި އެޕާޓީގެ ހިންގުމާއި ހަވާލުވެ ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނާޝިދު) އެވެ. ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ޑީއާރުޕީ ހީނަރުވީ މައުމޫނު އެޕާޓީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވި ހިސާބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން