ޒުވާނުން ބަލައި ނުގަންނަ ސަރުކާރަކަށް މުސްތަގުބަލެއް ނޯންނާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭގަނޑު 8 ގެ ފަހުން ވެހިކަލް ދުއްވާނަމަ ޖޫރިމަނާ ކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއވި ސައިކަލު ބުރު ނިންމާލަމުން ބައިވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލުކަން ނުދެކޭ ބަޔަކަށް ވެރިކަމެއް ނުކުރެވޭނެކަމަށެވެ. ޒުވާނުންނަކީ ޤައުމުގެ އެންމެ މުހިންމު ބައެއްކަމަށް ދެކި ޒުވާނުންނާއިއެކު ގުޅިގެން މަސައްކަތް ކުރީ ރައީސް އަބްދުﷲ ޔާމީންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޒުވާނުންނަށް 95000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ސަރުކާރުން ޒުވާނުންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދައި ޒުވާނުން މަތިން ހަދާން ނައްތާލައި ޒުވަނުން އެކަހެރި ކޮށްފައިވާ މިންވަރު މިއަދުގެ ސައިކަލު ބުރުންވެސް ފެނިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

"އުންމީދެއް އޮވެއްޖިއްޔާ ދިރުމެއްވާނެ. މިއީ ރައީސް ޔާމީން ޒުވާނުންނަސް ދެއްވި އުންމީދު. ތިޔަ ޒުވާނުންގެ ގައިގައި ހިއްވަރު ހުރިއްޔާ އަޅުގަނޑުމެން ގައިގައި ހިއްވަރު ހުންނާނެ. މިއަދު ޒުވާނުން މިތިބީ ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އަތުކުރި އޮޅާލާފަ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު މާލޭގައި އިދިކޮޅު ޒުވާނުން ބޭއްވި ސައިލަކު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރި ވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި މިހާގިނަ އަދަދެއްގެ ޒުވާނުން ސަރުކާރާއި ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޒަރީރު

29-Aug-2020

ޒުވާނުން ނަކީ ޕީޕިއެމް ގަ ތިބި ބޮޑެތި ވަގުން ތޯ އެވެރިން ބަލައި ގަންނަކަށް ނުޖެހޭ މި ސަރުކާރު ވަގުން ތެޅިބާލަނީ ހުވަފެނުގަ ޖަލުގެ ތޭރިތައް ފެންނާތީ ދޯ



ޓްރެންޑިން