"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން ކުރި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވެ ސަރުކާރަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސްނަގައިގެން ކުރި މި އިހުތިޖާޖުގައި ކޮންމެ ރަށަކުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ. މިއީ މިފަހަކުން މުޅި ރާއްޖޭގައި އެއްފަހަރާ ސަރުކާރާއި ދެކޮޅަށް މިހާ ގިނަބަޔަކު ނިކުމެ މުޒާހަރާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން މިގޮތަށް މުޒާހަރާތަކާއި އިހުތިޖާޖު ތަކުގެ ސައިޒް ދައްކާފައިވާ ބަޔަކީ އެމްޑީޕީއެވެ. މިއަދުގެ އިޚްތިޖާޖުގައި ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށާއި، ސަރުކާރުގައި ހިންގާ ވައްކަމާއި ނޭދެވޭ ކަންކަން ހުއްޓާލުމަށް އަޑު އުފުލާފައެވެ.

މާލެ ސިޓީގައި މި ހަރަކާތުގައި ބައިވެރިވި ޒުވާނުން ތިބީ މާސްކް އަޅައިގެންނެވެ. އަދި ކޮންމެ ސައިކަލެއްގައި ދެ މީހަކު ތިބިއިރު، ކޮންމެ ސައިކަލެއްގައި ޕާޓީގެ ދިދަ އަކާއި، ގައުމީ ދިދަ ޖަހާފައި ވާތީ ފެނިގެން ގޮސްފައިވެއެވެ. މާލޭގައި ޖެހި ސައިކަލު ބުރުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

އަތޮޅު ތެރެއިން މި އިހުތިޖާޖުގައި ބައިވެރިވި މީހުން މަގުމަތީގައި ހިމޭންކަމާއެކު އަޑުއުފުލަމުން ގެންދިޔައެވެ. އެގޮތުން އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ލިޔުންތައް ހިފައިގެން ރަށު ތެރޭގައި ވަނީ ހިނގާފައެވެ. އަދި ބައެއް ރަށްތަކުގައި މަގުމަތީގައި އިށީނދެ ތިބެގެންވެސް މި އިހުތިޖާޖުގައި ބައިވެރިވެފައި ވެއެވެ.

މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ސްޕޯކްސް ޕާސަން އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ފެއިލްވެފައިވާ ސަރުކާރެއްކަން ރައްޔިތުން ހާމަކޮށްދީފިކަމަށެވެ. މިހާރު އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް އަވަސް އިންތިޚާބެއް ބޭއްވުންކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މުޅި ގައުމު އެދި ގޮވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މުޅި ރާއްޖޭގައި ބޭއްވި މި އިޙްތިޖާޖުތަކަކީ ސުލްހަވެރިކަމާއިއެކު ބޭއްވި އިހުތިޖާޖަކަށްވާއިރު، ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު އެއްވުންތަކާއި ޖަލްސާތައް އިތުރުކޮށް ސަރުކާރަށް ރައްޔިތުން ތިބިގޮތް ހާމަކުރަމުންދާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޥަގުބުޅާ

29-Aug-2020

ދޮގުމައުލޫމާތުނުފަތުރާ ހަމަޔަގީނުންވެސް މިހިންނަވަރަކު ނުބައްވާ


0

ދަވާލި19

29-Aug-2020

ހަޖަމުގަ މައްސަލަ ހުންނަ މީހުންނައް ދޮންފަޅޯވެސް ރަނގަޅު ފަރުވާއަކަށް ބައެއްފަހަރު ވެދޭ


-7

ރައްޔަތު އަހުމަދު

29-Aug-2020

ކޮން ސައިޒެއް ދެއްކުނީ 100 މީހުން 150 މީހުން ނިކުތީމާ އެއީތޯ ލިޔުންތެރިޔާ ތިޔަ މާނަ ކުރާ ސައިޒަކީ މަދު ބަޔަކު ނިކުތީ ވެސް ތި ލިޔަނީ ގިނަ ބަޔަކު ނިކުންވާހަކަ ނޫސްވެރިޔާ ގެ ލޮލުގެ މައްސަލަ ހުރިކަމަށް ވަރަށް ބޮޑަށް ފާހަގަ ވޭ އެބަ ލޯޓެސްޓް ކޮއްލަން ވީ ނުން އޭރަށް ދޯ ދެން ވެސް ހަބަރު ލިޔާ އިރު ރަނގަޅަށް ލިޔެވޭނީ


10

ޒަރީރު

29-Aug-2020

ކޮން ސައިޒެއް ދެއްކުނީ 100 މީހުން 50 މީހުން ނިކުތީމާ އިތަ ލިޔުންތެރިޔާ ތިޔަ މާނަ ކުރާ ސައިޒަކީ



ޓްރެންޑިން