ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް
ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް
އެބަޔަކު ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމަކީ އެތަނެއްގައި ދިރިއުޅޭ އެންމެންގެވެސް ޒިންމާއެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް މިއަދު ފެށި ހަރަކާތް ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ވަޒީރު ޠާރިޤް ވިދާޅުވީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބަހައްޓަން ޖެހޭ ކަމަށާއި އަދި އެމީހަކު ދިރިއުޅޭ ވެށި ސާފުކޮށް ބެހެއްޓުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

“މާލެއާއި އަތޮޅުތެރޭގައި މޫދުގައިވެސް ފުޅީގެ ބާއްވަތްތައް ގިނަ އެބަވޭ. މިއީ ވަރަށް އަވަހަށް ހައްލުކުރަން ޖެހިފައިވާކަމެއް.” ޠާރިޤް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުގެ އިދާރާތަކުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށް ސާފުކުރާނެ ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ސްޓެލްކޯއިން މިއަދު ވަނީ އެކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައިހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ ޙަރަކާތެއް މިއަދު ފަށާފައެވެ.

އެގޮތުން އެޙަރަކާތަކީ ޗާލު ވެށި މަގޭ ޒިންމާގެ ނަމުގައި ކުންފުނީގެ މުވައްޒަފުން ހިންގާ ޙަރަކާތެއް ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.



މި ޙަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި ޙަރަކާތުގައި އެކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން