ވިލިނގލީ ކައުންސިލްއާާއެކު އިސްލާމިކް މިނިސްޓްރީ ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ވިލިނގލީ ކައުންސިލްއާާއެކު އިސްލާމިކް މިނިސްޓްރީ ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ގއ. ވިނލިގިލީގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮޮތްޕެއް ގާއިމުކޮށްދޭން އެދިއްޖެ އެވެ.

ވިލިނގިލީ ކައުންސިލުން އެކަމަށް އެދުނީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.

އެގޮތުން ވިލިނގިލީގައި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އާބާދީގައި 4500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވިލިނގިލީގައި މިހާރު ޤުުރުއާން ކިޔަވައިދެނީ އެކި ގޭގަމޭގަ އެެވެ. އަދި ޤުރުއާން ކިޔަވައިދޭން ވަކި ތަނެއް ނުހުރެ އެވެ.

ވިލިނގިލީ ކައުންސިލުން ވަނީ އެ ރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާ ޙިއްސާކޮށް މިސްކިތްތަކުގެ މަރާމާތުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ވެސް އެދިފައެވެ.

އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ރަށު ކައުންސިލުން އެދުނު ކަންކަން ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން