ޑރ. ވަހީދު ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ: މީސްމީޑިއާ)
ޑރ. ވަހީދު ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ: މީސްމީޑިއާ)
ވެރިކަމަށް އައިފަހުން މިސަރުކާރުން ރައްޔިތުންނަށް ކުރަންބުނި އެއްވެސް ކަމެއް ނުކުރެވި ރައްޔިތުން ހަނާވަމުންދާކަމުގައި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރަށްފަހު ބައިވެރިންނާއި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ޒުވާނުން އެއްފަހަރާ މި ހުތޫރަރްތެރި ވަގުތުގައިވެސް ސަރުކާރާއި ދެކޮޅަށް ނުކުތީ ގޮތް ހުސްވެ އަނގަޔާއި އަތާއި ދިމާނުވާ ހިސާބަށް ދިއުމުންކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައިނުވާ ކަމަށެވެ. ރާއްޖެއަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާ އެކަންކަން ހައްލު ކުރެވޭނީ އެންމެން ބައިވެރިކޮށްގެން ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެ މަންޒަރު ފެންނަމުން ނުދާ ކަމުގައި ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، މި ދައްކަމުން ދަނީ ދިވެހި ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަަމާއި، ސަރުކާރުގެ ނާގާބިލް ކަމާއި، ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތަކުގެ ވާހަކަ ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ރައްޔިތުން އެކަންކަމާއި ހިތްހަމަނުޖެހިފައި ތިބި ވަރު ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ނާގާބިލްވެފައި ތިބި މަންޒަރު. އެހެންވެގެން ޒުވާނުން އެ ނިކުތީ. ޒުވާނުންގެ ވާހަކައަކީ "އިނަފް އިޒް އިނަފް" އޭ. ދެން ރައްޔިތުންނަށް ކެތެއް ނުކުރެވޭނެޔޭ." ޑރ.ވަހީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއިއެކު އެކުލަވާލި ސަރުކާރުގެ ނައިބްރައީސްކަން ކުރެއްވި ރައީސް ވަހީދު ވިދާޅުވީ މިސަރުކާރަކީ މިހާރު އުންމީދެއް އޮތް ސަރުކާރެއް ނޫންކަމަށެވެ. ފެންނަމުންދާ ހަގީގީ މަންޒަރަކީ ކޯވިޑްގެ މިހާލަތާއިއެކު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ސަރުކާރަށް މިކަމުން އަރައިގަނެވޭނެ އެއްވެސް ގޮތެއް ނޭގި ގޮތްހުސްވެފައިވާ މަންޒަރުކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޝަރިފު

29-Aug-2020

އެއްމެން ބައިވެރިކޮއްގެން ނުންހެ ބަޣާވާތް ކުރި



ޓްރެންޑިން