މާލެ ސިޓީ އެކައުންސިލްގެ މެމްބަރުންނަށް މިނިވަންކަމާއިއެކު އަމިއްލަ އިހްތިޔާރުގައި ވޯޓެއް ނެގުމުގެ އިޙްތިޔާރުވެސް މިއަދު ނެތްކަމުގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު މެންދުރުފަހު 3:00 ގައި ވޯޓުނަގަން އެޖެންޑާކޮށްފައިވަނިކޮށް، ޖަލްސާ ފެއްޓުމުގެ ބައިގަޑިއެއްހާއިއިރު ކުރިން އެލްޖީއޭއިން ވަނީ ކައުންސިލް ބައްދަލުވުމުގައި މޭޔަރ ސިފާގެ ވޯޓު ނުނެގޭނެކަމަށް އަންގާފައެވެ.

ސިޓީ ކައުންސިލުން މޭޔަރު ސިފާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އެންގި އެންގުމާމެދު ފާޑުވިދާޅުވެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ކުރީގެ ވެރިކަމުގައި ކައުންސިލްތަކަށް ފިޔަވަޅު އެޅި ވާހަކަ ދެއްކި މީހުން މިއަދު ކުރަމުންދާ ކަންކަން މާލަދުވެރިކަމަށެވެ. ކައުސިލްގެ ތެރޭގައި ހިނގާ ކަންކަމާއި ގުޅިގެން ޤާނޫނުގެ ތެރެއިން ލިބިގެންވާ އިޙްތިޔާރާއިއެކު ކަންކަން ކުރުމުގެ ފުރުސަތުވެސް މިއަދު ހިފަހައްޓާތަން ފެންނަމުންދާކަމަށެވެ. އެގޮތުން މާލެ ސިޓީ މޭޔަރުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ކައުންސިލަރުން މަސައްކަތް ކުރުމުން އެކަން އެލްޖީއޭއިން ހުއްޓުވުމަކީ ދެރަކަމެކަމަށް އުޝާމް ވިދާޅުވިއެވެ.

"ސިޓީކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތް. ކުރީ ސަރުކާރުގަ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލިކަމަށްބުނެ އެވާހަކަ ދެއްކި ބޭފުޅުންގެ މަޤާމު ގެއްލިދާނެހެން ހީވީމަ، އެލްޖީއޭއިން ގާނޫނާހިލާފަށް މިއަދު މިކުރާ ކަންކަންވެސް އެބޭފުޅުންނަށް މިއޮތީ ރަގަޅުވެފަ." އަހުމަދު އުޝާމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު އެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނަސް އެ މުއްދަތު ހަމަވިއިރު މޭޔަރ ޝިފާ ޖަވާބުދާރީވެވަޑައިގެންފައެއްނުވެ އެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ އަށް ކައުންސިލަރަކު ވަނީ ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދުކުރައްވައިފަ އެވެ. ވޯޓު ނަގަން ތާއީދު ނުކުރައްވަނީ ދެ ކައުންސިލަރެކެވެ.

ޝިފާއާ ދެކޮޅަށް ނުކުތް ކައުންސިލަރުންގެ ތެރޭގައި، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ދެން އޮންނަ ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މުހައްމަދު

29-Aug-2020

ދައުރު ހަމަވީމަ ދެން ކޮންވޯޓެއް ނަގާކަށް ދާންވީ ނޫންތަ?


-11

މުޙައްމަދު އިބުރާހީމު

29-Aug-2020

ކައުންސިލްގެ ދައުރު އޮތީ ހަމަވެފަ މިވގުތު އޮތީ ސަރުކާރުން ވަކިގޮތެއް އަންގަންދެން މަޑުކޮއްގެން އޮއް ކިއުންސިލެއް މީކީ އިތުބާރުނެތްކަމުގެ ވޯޓް ނަގަން ޖެހޭވަގުތެއްނޫން ތިއުޅެނީ މިދަނޑިވަޅުގަ ވެސް ހޫނުގޮނޑިއައް އަރާހިތުން ކެއްނުލަވާއިގެން މާރީތި ވީސް ދައުރު ހަމަވީމާ ފިއަބާގެން ގެއައް ދިޔަނަމަ ވީމާ ތިތާކު ލޖއ ގެ އެއްވެސްކުށެއްނެއް ؛ ތިބޭފުޅާ މަޤާމައް ކުފޫހަމަނުވާކަން ހާމަވަނީ ވަރައް ސަލާމް



ޓްރެންޑިން