ސަރުކާރު ވަޒީފާއިން ރިޓަޔާކުރާ މުވައްޒަފުންނަށް އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެލަވެންސް ނުދޭން ނިންމި ނިންމުން ސަރުކާރުން ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާ ތެރޭގައި ވަނީ ސަރުކާރުގެ ވަޒީފާތަކުން ރިޓަޔަރވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ނިންމައި އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފައެވެ.
ނަމަވެސް އެ ނިންމުމާމެދު ބައެއް ފަރާތްތަކުގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ނިންމުން ބަދަލު ކުރަށްވަން އެންގެވީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައީސް އެގޮތަށް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް އެކަން ހުށަހަޅައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މިކަމުގައި ދަޢުލަތުގެ މާލީ ވުޒާރާއިން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔަރކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ.
ނަމަވެސް ރިޓަޔަރކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އަންނަ ޖެނުއަރީން ފެށިގެން މި ބަދަލު ގެނައި ނަމަވެސް، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރިޓަޔަރކުރާ މުވައްޒަފުންނަށް މަހުން މަހަށްދޭ އެލަވަންސް މިހާރު އޮންނަ އުސޫލުގެ ތެރެއިން ވެސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސިޓީގައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރިޓަޔަރމަންޓް ޕެންޝަން ދޭ އިދާރާތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އިދާރާތަކުގެ ރިޓަޔަރމަންޓް ގަވައިދު އިސްލާހުކޮށް، އެކަން ފިނޭންސަށް ހުށަހަޅައި، ގެޒެޓު ކުރަން އަންގާފައެވެ.
ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮވެއެވެ. މިއަހަރު އެ ސްކީމަށް ދައުލަތުގެ ބަޖެޓުން 339 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަންނަ އަހަރު ރިޓަޔަރކުރާ ފަރާތްތަކަށް 386 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު