އަހުމަދު ޔާމިން   29 އޯގަސްޓު 2020 - 2:56
ބޮޑުތަކުރުފާނު މަގު، ބޭންކް އޮފް މޯލްޑިވްސް ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އާޓިފިޝަލް ބީޗް ކައިރީ ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ ޢިމާރާތުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.





އެމްއެންޑީއެފުން ބުނި ގޮތުގައި އެގޭ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެ ސަރަހައްދުން ވަަރަށް ބޮޑަށް ދުން އަރަމުން އަންނައިރު އެޗްޕީއޭ އިން ބުނެފައިވަނީ މިވަގުތު ބޮޑުތަކުރުފާނު މަގު އެސްބީއައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން