ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 140 މީހުން ޕޮޒިޓިވްވެ 182 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7469 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 173 ދުވަސް ވެފައިވާއިރު ފުރަބަންދަށް ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 134 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 6 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 17 މީހަކާއި އިންޑިއާ 3 މީހުންނާއި ނޭޕާލް 2މީހުންނާއި، ޔޫއޭއީ 2 މީހުންނާއި، ކެންޔާ މީހަކާއި ފްރާންސް މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 182 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 4873 އަށް އިތުރުވެފައެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 109120 ސާމްޕަލް ނަގާފައިވާ ކަމަށެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2568 ގައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 192 އަށް އަރާފައި ކަމަށެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 1426 މީހުންނެވެ.
އެޗްޕީއޭއިން ބުނީ 15 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 15 ފަތުރުވެރިންނާއި 19 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސަސް ހުރި ރަށްތަކުގެ ޢަދަދަކީ 32 އެވެ.
ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 28 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު