ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ހަދަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް އޮތީ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހެދުން އެޅުމަށް އެކުލަވާލައިފައިވާ އުސޫލާހުރެ އެ ދާއިރާގައި އަންހެން މުވައްޒަފުން ބުރުގާ އަޅައިގެން އުޅުމަށާއި ފިރިހެން މުވައްޒަފުންނަށް ތުނބުޅި އަދި މަތިމަސް ބެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްފައި ވެއެވެ.
އެހެންވެ އެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ބައެއް ފަރާތްތަކަށް އޭގެ ހައްގު ގެއްލޭކަން ވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
އެހެންވެ ފަތުރުވެރިކަމުގެ ދާއިރާގައި ބުރުގާ އަޅައި އަދި ތުނބުޅި މަތިމަސްް ބަހައްޓައިގެން މަސައްކަތްކުރަން އެދޭ ފިރިހެން މުވައްޒަފުންނަށް ހުރި ހުރަސްތައް ނައްތާލައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގްރޫމިން ސްޓޭންޑަޑްތައް އަދި ޑްރެސް ކޯޑު އެކުލަވާލުމުގައި ރިއާޔަތްކުރަންޖެހޭ އެއްހަމަ އަދި އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު