މިރޭ ބޮޑުތަކުރުފާނު މަގުގައި ހުރި ކެފޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިއްމައިފިއެވެ.

ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ޙާދިސާއާ ގުޅިގެން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ޝަރީފު މިހެން ވިދާޅުވެފައިވާއިރު މިރޭގެ އަލިފާނުގެ ޙާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާ މެންބަރު ޙުސައިން ޝަހީމް (އަދުން ހުސައިން) ވަނީ ޓުވީޓުކުރައްވާފައެވެ.

އޭނާގެ އިތުރުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންވަނީ މިހަމަލާއާއި މިއަދު މާލޭގައި އިދިކޮޅު ކޯލިޝަނުން ހިންގި ހަރަކާތާ ވަރަށް ބޮޑަށް ގުޅިފައިވާކަން ތުހުމަތުކޮށްފައެވެ.

މިހާދިސާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.ރެސްޓޯރަންޓެއް ހިންގަމުން އަންނަ އެ އިމާރާތުގައި ރޯވި އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ގިނަ ފަންގިފިލާތައް މިހާރު ވަނީ އަނދާ ހުލިވެފަ އެވެ. އަލިފާން ނިންވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ވަނީ ހަރަކާތްތެރިވެފައެވެ.

މިހާދިސާ ހިނގި ސަރަހައްދަށް ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން