ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ރައްޔިތުން ތަބާ ނުވާނަމަ ލޮކްޑައުނަކަށް ދިއުން ނޫން ގޮތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ އެއްގައި މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މިހާލަތުގައި ސަރުކާރުން މަސައްކަތް ކުރަނީ ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ގައިޑްލައިންތަކަށް ތަބާ ނުވާ ނަމަ ލޮކްޑައުނަކަށް ދިއުން ނޫން ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޞިއްހީ ގޮތުން އޮތް ބޮޑު ގޮންޖެހުމާއިއެކު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ބޯލަނބައި އިޖާބަ ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލްނުވެ ޞިއްހީ ބޭފުޅުން ފުރަބަންދަކަށް ދާން ލަފާދެއްވައިފިނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެކަންވެސް ކުރައްވާނެކަމަށެވެ.
ފުރަބަންދަކަށް ދިއުމަކީ ވަރަށްބޮޑު އުދަނގޫ ދަތިކަމެއް ރައްޔިތުން ތަހައްމަލްކުރަންޖެހޭ ކަމެއްކަން މިހާރު ތަޖުރިބާ ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި އިހުތިޖާޖާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ ގަވައިދާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީއިން މާލޭގައި ބޭއްވި މުޒާހަރާއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވަރަށް އިސް ފަރާތްތަކެއް އިސްވެ ތިބެ މާލޭގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާ ކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.
"ވަރަށް ހިތާމަ ކުރަން މާލޭގައި މިއަދުވެސް ނުކުމެ އެއްވުން ބާއްވައިފި. ވަރަށް އިސް ބޭފުޅުން ނުކުމެ އެފަދަ ކަމެއް ހިންގީތީ އަޅުގަނޑު ހިތާމަ ކުރަން." ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު