ފިނޭންސް މިނިސްޓަރު ޒަމީރު
ފިނޭންސް މިނިސްޓަރު ޒަމީރު
ރާއްޖޭގެ އިގުތިސާދުގައި ހުރިކަމަށް ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ފާހަަގަކޮށްފައިވާ ހިރާސްތައް (ރިސްކުތައް) ބަލައިގަނެ އިގުތިސާދީ އިސްލާހުތައް ރަންފީޒުކުރުމުގައި ދެމިތިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކޮށް އިގުތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭތީ ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓަން މޫޑީސްއިން ނިންމިކަން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މޫޑީސްއިން ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ބަލާއިރު، މިފަހުން އެމްއެމްއޭއިން އެކުލަވާލި ބޭރުފައިސާ މާރު ކުރުމާއި ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ވަކި އިންސައްތައެއް މާރުކުރަންޖެހޭގޮތަށް ހެދި ގަވާއިދު ހިމެނެއެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު މޫޑީސްގެ ރޭޓިން ދަމަހައްޓަން ނިންމިނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެސް ބޮޑު އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ. އަދި ދަރަނި ކުޑަކުރުމަށް އަޅާފައިވާ ފިސްކަލް ޕޮލިސީތައް ތަންފީޒު ކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މޫޑީސްއިން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ފިސްކަލް ރިސްކުތައް ކުޑަކުރަން އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިގުތިސާދީ ރިފޯމް އެޖެންޑާއާއެކު އިގުތިސާދީ ދުވެލި ކުރިއަރައި ދެމެހެއްޓެނިވި ގޮތަކަށް ދަރަންޏާއި ފިސްކަލް ހަރަދުތައް ބެލެހެއްޓޭނެ ކަމަށް ވެސް ފިނޭންސުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން