ކުރީގެ ރައީސް ޑރ. ވަހީދު (ވ) އާއި ރައީސް ނަޝީދު
ކުރީގެ ރައީސް ޑރ. ވަހީދު (ވ) އާއި ރައީސް ނަޝީދު
7 ފެބްރުއަރީގައި ރާއްޖޭގައި ލޭއޮހޮރުވުމެއް ހިނގައިނުދިޔައީ ބަޑިގުދަން ނުހުޅުވުމުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދިޔަ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިއްޔެގެ ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަހީދު "ލޭ އޮހޮރުވާ ވާހަކަ ދެއްކެވުމުން" ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށެވެ. އަދި 7 ފެބްރުއަރީގައި ލޭއޮހޮރުވުމަކަށް ނުދިޔައީ އެމަނިކުފާނު ބަޑިގުދަން ނުހުޅުވުމުންނާއި، ހަތިޔާރު ނަގަންހުއްދަ ނުދެއްވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރުގެ ނައިބު ރައީސް ވަހީދު މިއަދު މުޒާހަރާގައި ލޭއޮހޮރުވާ ވާހަކަ ދެއްކެވުމުން މާ ހައިރާނެއް ނުވޭ. 7 ފެބްރުއަރީގައި ލޭއޮހޮރުވުމަކަށް ނުދިޔައީ އަޅުގަނޑު ބަޑިގުދަން ނުހުޅުވީމަ. ހަތިޔާރު ނަގަން ހުއްދަ ނުދިނީމަ." ރައީސް ނަޝީދު  ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި އިހުތިޖާޖްގައި ރައީސް ވަހީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ތެރެއިން ފެންނަމުން ދަނީ ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ނާގާބިލުވެ ނުކުޅެދިފައިވާ ތަން ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ސަރުކާރުގެ ނާގާބިލް ކަމާއި، ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތަކާއެކު ރައްޔިތުން އެކަންކަމާއި ހިތްހަމަނުޖެހިފައި ތިބި ވަރު ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނާގޮތުން ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާ ޚިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށް ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން