މިއަދަކީ ދޮންބަންޑާރައިންގެ އަޚްލާޤުން ފިލާވަޅު ލިބިގަންނަންވީ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވެފައިވަނީ ހުރަވީ ދުވަހަކީ ގައުމަށް އަމާާނާތްތެރިވުމާއި ހިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހެއް ކަމަށެވެ. އަދި ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ ޖިހާދާއި، ރިވެތި އަޚްލާޤަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އައުކުރުމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަކުރީ ހިޖުރައިން 1400ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުން ބަލާނަމަ 1980ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.

— Dr Mohamed Muizzu (@MMuizzu) December 4, 2024
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އައުކުރުމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަކުރީ ހިޖުރައިން 1400ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުން ބަލާނަމަ 1980ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު