އިދިކޮޅުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން
އިދިކޮޅުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން
އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ރާއްޖޭގައި ކުރި އިހުތިޖާޖް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ހަޖަމެއް ނުކުރެއްވުނު ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިސްނަގައިގެން ހުކުރު ދުވަހު ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިއްޔެ ވަނީ ސައިކަލު ބުރެއްވެސް ބާއްވާފައެވެ. ހުކުރު ދުވަހުގެ އިހުތިޖާޖުގައި ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވައި، ސަރުކާރުގައި ހިންގާ ވައްކަމާއި ނޭދެވޭ ކަންކަން ހުއްޓާލުމަށް އަޑު އުފުލާފައެވެ.

އެ އިހުތިޖާޖާއި ގުޅިގެން ރައީސް ސޯލިހް މިރޭ ވިދާޅުވީ ރައްޔިތުންނަށް ހެއު އެދޭބަޔަކު އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މާސްކް ނާޅާ ގައިދުރުކުރުމެއް ނެތި ގައިޑްލައިން އާއި ޚިލާފަށް މުޒާހާރާ ނުކުރާނެ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ޕްރޮގުރެސިވް ކޯލިޝަނުން މުޒާހަރާކޮށްފައިވާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އަމަލުކުރި ފަރާތްތަކާއި މެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޢެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް ރައީސް ސޯލިހް ނިކުމެވަޑައިގެން މީޑިޔާ އަށް ދެއްވި އިންޓަވިއު އަކީ އަލިފާނުގެ ހާދިސާ އަށް ވުރެ ބޮޑަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރައްޔިތުން ނިކުމެ ކުރި މުޒާހަރާ ހަޖަމު ނުވެގެން ދެއްވި އިންޓަވިއު އެއް ކަމަށެވެ. ރައީސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައިވަނީ ކާފިއު ގަޑީގައި ކަމަށްވާއިރު އެ ސަރަހައްދަށް އެއްވެސް ބަޔަކު ނުދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވަނިކޮށް ކަމަށް ޝިޔާމު ތުހުމަތު ކުރައްވާފައި ވެއެވެ.

" އެއީ ގައުމު ވިއްކާލުމާއި ދެކޮޅަށް ކުރި އިހުތިޖާޖް ހަޖަމު ނުވެގެން ރައީސް ދެއްވި އިންޓަވިއު އެއް، އަޅުގަނޑުމެން ދާނީ ކުރިއަށް." ޝިޔާމް ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އިހުތިޖާޖް ކުރި މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހުސްނާ

29-Aug-2020

ކޮރޯނާ ހއްޕުނޑު ވަގުން ކޮވިޑު ފަތުރާވަގުން ވެރިކަން ނުލިބޭނެ ތިހެން ފެލުނަކަސް ކަރައް ތަދުވާނީ



ޓްރެންޑިން