ހެންވޭރުގެ ކެފޭއަކާއި ޢިމާރާތްތަކެއްގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޭ 21:43 އެހާކަންހާއިރު ރޯވި މިއަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ ލޮރީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށް ފެނާއި ފޯމް ބޭނުންކޮށްފައިވެއެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރިކަން ހާމަކުރަމުން އެމްއެންޑީއެފުން ބުނީ މިޙާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. މިއަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ތަފްސީލެއް އަދި ލިބޭގޮތެއް ނުވެއެެވެ. ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ގެ ނަމުގައި ކެފޭއެއް ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ރޯވި އިމާރަތާއި އެ އިމާރަތާއި އިންވެގެން ހުރި އިމާރަތްތަކުން ފުލުހުން ވަނީ މީހުން ހުސްކޮށްފައެވެ.

ކެފޭގައި ހިފި އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް އެ އިމާރާތާ ޖެހިގެން ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސްތައް ފަދަ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެންމެ މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ. ގިނަ އަދަދެއްގެ ފަޔާމަނުންނާއި ފަޔާލޯރިތައް ބޭނުންކޮށްގެން މިރޭ އަލިފާން ނިއްވާލެވުނީ 12:00 ގެ ފަހުންނެވެ.

މި ބޮޑު އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ. މިހާދިސާ ހިނގި ސަރަހައްދަށް ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވަޑައިގެންނެވިއެވެ. މިހާދިސާ ހިގަން މެދުވެރިވި ސަބަބު އެނގިފައިނުވާއިރު މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޔުނިޓުން ދަނީ ތަހުގީގުކުރަަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން