ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނ. މަނަދޫ އަންނާރުމާގެ، ނައީމާ މޫސާ (62އ) މަރާލަން ރާވައި އެކަމުގައި ޢަމަލީ ގޮތުން އުޅުނު ދެމީހުންނަށް މަސްތުވާތަކެތިން އަގުދީފައިވަނީ ހަސަން ފަވާޒްކަން ސާބިތުކުރަން ދައުލަތުން މިއަދު ހެކި ހުށަހަޅައިފިއެވެ.
ނައީމާގެ މަރުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ އެރަށަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ) ގެ މައްޗަށެވެ.
އެގޮތުން ފަވާޒްގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދަޢުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދަޢުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދަޢުވާއެވެ.
މި މައްސަލާގައި ފުލުހުން، ފަވާޒު ހައްޔަރުކޮށްފައިވަނީ ޙާދިސާ ހިނގިފަހުން މާލެއަށް އައުމުން މާލޭގައި ހުއްޓައެވެ. ނަމަވެސް ފަވާޒް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ ނައީމާ އަކީ ސިހުރުހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް އަހުޒަމާއި ރިފާޝް އަށް ވިސްނައިދީ އެކަމަށް ބޭނުންވާ އާލަތްތައް ހޯދައިދިނީ ފަވާޒް ކަމަށެވެ. އޭގެއިތުރުން ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުޒަމް އާއި ރިފާޝް އަށް އެ މަސައްކަތުގެ އަގު މަސްތުވާތަކެތިން ދިނީ ފަވާޒް ކަމަށާއި ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އަހުޒަމާއި ރިފާޝް ގޮވައިގެން ކާރުގައި ދިޔައީ ފަވާޒް ކަމަށްވެސް ދަޢުލަތުން ބުނެފައިވެއެވެ.
ހަމައެއާއެކު އަހުޒަމާއި ރިފާޝް ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން ކަންކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށް ދަޢުލަތުން ބުނެފައިވެއެވެ. އަދި ނައީމާ މަރާލުމަށްފަހު ފަވާޒުގެ ކާރުގައި އަހުޒަމާއި ރިފާޝް މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު އެކަމަށް ބޭނުންކުރި ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށާއި އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގައި ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
ދަޢުލަތުން މިއަދު ވަނީ އެ ކާރަކީ ފަވާޒުގެ ކާރުކަން ސާބިތުކުރަން ސީސީޓީ ފޫޓޭޖު ހުށަހަޅައިފައެވެ. އަދި ފޮރެންސިކް ތަހުލީލުގެ ބައެއް ރިޕޯޓްތަކާއި ކުށްކުރަން ބޭނުންކުރި ބައެއް އާލާތްތައް ހޯދަން ފަވާޒު ހަރަދުކުރިކަން ސާބިތުކުރަންވެސް ދަޢުލަތުން ހެކި ހުށަހަޅައިފައިވެއެވެ.
މި މައްސަލާގައި ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މި މައްސަލައާ ގުޅިގެން ރިފާޝް ހައްޔަރު ކުރުމާއެކު ފަވާޒް އައު ފޯނެއް ގަތުމުންނެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ފަވާޒަށް އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައިވަނީ ފަވާޒް ކަމަށްވާތީއެވެ.
ފަވާޒްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމީހުންގެ ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތައް ހިމެނެއެވެ. އަދި ފަވާޒުގެ، އިރުޝާދާ އެއްގޮތަށް ނައީމާ މަރާލުމުގެ ކަންކަން ރިފާސްއާއި އަހުޒަމް ކުރިކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ވަނީ ހެކިވެރިން ހުށަހަޅައިފައެވެ. އޭގެ އިތުރުން އަހުޒަމް އާއި ރިފާޝް ތަހުގީގަށް ދިން އިއުތިރާފު ބަޔާނާއި ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ފަވާޒް ތުހުމަތުކުރާކަން ސާބިތުކުރުމަށް ހެކީގެ ގޮތުގައި އެރަށު ބައެއް މީހުންގެ ހެކިބަސް ދަޢުލަތުން ހުށަހަޅައިފައިވެއެވެ.
ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށްފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.
ނައީމާއަކީ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. އެކަނި އުޅެމުންދިޔަ ނައީމާގެ 3 ދަރިންވެސް ދިރިއުޅެމުން ދިޔައީ ރަށުން ބޭރުގައެވެ. އަދި އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އެކަން އާއިލާއަށް އެންގީ އޭނާއާއެކު މަސައްކަތްކުރާ މީހުންނެވެ

ކިޔުންތެރިންގެ ހިޔާލު