ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މާދަމާ (6 ޑިސެންބަރު 2024) ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ މި ކުޑަކުދިންގެ ހަވީރު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ⁦‪16:00‬⁩ އިން ⁦‪18:00‬⁩ އަދި ރޭގަނޑު ⁦‪20:00‬⁩ އިން ⁦‪21:30‬⁩ އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައި ކަމަށެވެ.

މި ހަވީރާ ބެހޭގޮތުން މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ވޭތުވެދިޔަ ހަ މަސްދުވަހު ވަރަށް ބުރަކޮށް މަސައްކަތްކޮށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ އެކަން ފާހަގަކޮށް ބާއްވާ ހަރަކާތެއް ކަމަށެވެ.

“ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޙުލާޤު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމާއި، އެ ޢާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް” އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން