އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް ) އާންމުކުރި ވީޑިއޯގެ ތެރެއިން
އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް ) އާންމުކުރި ވީޑިއޯގެ ތެރެއިން
ބޮޑު މިޔަރެއް އަރާ ފެންމަތީން މަހެއް ކާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އާއެކު އެކު ގިނަ ބަޔަކަށް ހައިރާން ކަން ލިބިއްޖެއެވެ.

ގިނަ ބަޔަކު ހައިރާންކޮށްލި މި މަންޒަރު ފޭސް ބުކްގައި ހިއްސާ ކޮށްފައިވަނީ އައްޑޫގައި ރެކްރިއޭޝަން ފިޝިންގެ ހިދުމަތްދޭ، އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް) އިންނެވެ. އައްޑޫ ސިޓީ ހިތަދޫ ބޭރުން ނަގާފައިވާ އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ އޭއެސްއެފް އިން މަސްވެރިކަމުގައި ބޭނުންކުރި އުޅަނދުގެ ކައިރީގައި މިޔަރެއް ހަރަކާތްތެރިވާ މަންޒަރެވެ. އެއީ ވޮށިމަސް މިޔަރެއް ކަމަށް ބެލެވެއެވެ. އޭގެ އިރުކޮޅެއް ފަހުން އެ މިޔަރު ފެންމަތީގައި އުޅޭ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

އެ މީހުން ގާތްގަނޑަކަށް 26 ކިލޯގެ ކަންނެއްޔެއް ބާނައި ލޯންޗަށް ނަގަނިކޮށް ކުއްލިއަކަށް މިޔަރު އޭގައި ހިފައިގަތީއެވެ. މިޔަރު ހިފިއިރު ކަންނެލީގެ ބޮޑުބައި ފެނުން މަތީގަައި އޮތްނަމަވެސް މިޔަރު ހަމަ ހިލާ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރިއެވެ. މި ކަންނެލި ލޯންޗަށް ނަގަށް އޭރު އޮތީ ދާވަނި ވެސް އަޅުވާފަ އެވެ. ދާވަނީގައި އެކަކު ހިފައިގެން ހުރިއިރު، ކަންވާރުގައި ވެސް އެހެން މީހަކު ހިފައިގެން ހުރި މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ކަންނެލީގައި މިޔަރު ހިފުމާއެކު، ދާވަނި އަޅުވައިގެން ހުރި މީހާ ކަންނެލީގެ ކަރުތާފަތްގަނޑަަށް އަތް ކޮއްޕާލައި މައްޗަށް ދަމަން ފެށި އެވެ. އެކަމަކު ވެސް މިޔަރު ދުލެއް ނުކުރިއެވެ. ކަންނެލީގެ ނަގޫފަތުގެ މަތިން ބައިފޫޓުވަރު އޭރު އޮތީ މިޔަރުގެ އަނގައިގެ ތެރޭގަ އެވެ. ކަންނެލި ކާލަން މިޔަރު ކުރި ބުރަ މަސައްކަތަށްފަހު މިޔަރު ދިޔައީ ކަންނެލީގެ އެއްބުރި ހިފައިގެނެވެ.

ރެކްރިއޭޝަން ފިޝިންގައި އުޅޭ މީހުންނަށް މިކަމުން ލިބޭ ގެއްލުންވެސް ބޮޑު ކަމަށް އެމީހުން ބުނެ އެވެ. މި މަސްވެރިކަމުގައި އާއްމު ގޮތެއްގައި ބޭނުންކުރާ ވަދެއްގެ އަގު ވެސް 500ރ. އަށްވުރެ ބޮޑު ކަން ފާހަގަކޮށްލެވެއެެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ހިމާޔަތް ކުރި ފަހުން މަސްވެރިންގެ ފަރާތުން މިފަދަ ޝަކުވާ އެއް ނުކުރެއެވެ. އެކަމަކު ފެނުން މައްޗަށް މަހެއް ނަގަނިކޮށް މިޔަރު އަރާ ހިފާ މަންޒަރު ރާއްޖެއިން ފެންނަނީ ވަރަށް މަދު ފަހަރެއްގައި ކަން ފާހަގަކޮށްލެވެއެވެ. މިއީ އެހާ އާންމު ކަމެއް ނޫނެވެ.




ކިޔުންތެރިންގެ ހިޔާލު


-5

ދަވާލި19

30-Aug-2020

އޭތިމަރާނުލިކަން ދެރައީ



ޓްރެންޑިން