ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން (ވ)
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން (ވ)
ސަރުކާރުން މިދިޔަ ހަމަސްދުވަހު ކުރި މަސައްކަތުން ރާއްޖެ ބަނގުރޫޓުވުމުގެ ބިރު މިހާރު ނެތް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ޙިއްސާކުރެއްވި މެސެޖެއްގައި އަޒާން ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިންމާލިއިރު ދެ ހަފްތާގެ އިމްޕޯޓަށް ބޭނުންވާ ވަރަށްވެސް ދަޢުލަތުގެ ރިޒާވްގައި ފައިސާ ނެތްކަމަށެވެ. އަދި ޤައުމު އޭރު އޮތީ ބަނގުރޫޓުވެފައި ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް މި ސަރުކާރުގެ މަސައްކަތުން ޤައުމު ބަނގުރޫޓުވުމުގެ ބިރު މިހާރު ނެތްކަމަށް އަޒާން ވިދާޅުވިއެވެ.

“ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މިވީ ހަ މަސްތެރޭ ކުރި މަސައްކަތުން ބަނގުރޫޓުވުމުގެ ބިރެއް މިހާރަކު ނެތް.” ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވިއެވެ.

އޭގެއިތުރުން ކުރިއަށް އޮތްތަނުގައި ރައްޔިތުން އެދޭ ހެޔޮބަދަލު ފެނިގެންދާނެ ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.



އަޒާން މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ދަނީ ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ބަދަލުތަކެއް ގެނައުމާއި ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ދެމެހެއްޓެނިވި ނޫން ސަބްސިޑީތައް ހައްލުކުރުމާއި، ސިޔާސީ ގޮތުން ޚަރަދު ބޮޑު ހަރަދުތައް ރޭޝަނަލައިޒް ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުން ފަދަ ބޮޑެތި މަސައްކަތްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން