ކުރީގެ ރައީސް، ރައީސް ޑރ. ވަހީދު އިއްޔެގެ އިހުތިޖާޖުގައި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހުންވައިގެން ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް، ރައީސް ޑރ. ވަހީދު އިއްޔެގެ އިހުތިޖާޖުގައި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހުންވައިގެން ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ނަންގަވައިގެން ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި، ސިޔާސީ ފައިދާއަށް ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މުޒާހަރާ ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދައުލަތުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ހޯއްދަވައިގެން، މި ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި، ސިޔާސީ ފައިދާއަށް މުޒާހަރާ ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންކަމަށާއި، ގޭގައި ތިބުމަށް އާދޭސް ކުރަމުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ބާރުބޮޑުވެގެން މަރުވާ މީހުންގެ ޒިންމާ ނަންގަވަން ތައްޔާރުތޯ؟،" ރޮޒައިނާ ސުވާލު ކުރައްވާފައި ވެއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދާއިރު، ރައީސް ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހާލަތުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަންގަވަން ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ހިލާފުވާން އިދިކޮޅު ސަޕޯޓަރުންނަށް ގޮވާލެއްވުމަކީ "ލަދުގަންނަން ޖެހޭ" ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



އިއްޔެ މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ޕްރޮގުރެސިވް ކޯލިޝަނުން "ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" އިއްޔެ ބޭއްވި އިހުތިޖާޖްގައި ރައީސް ވަހީދު ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނު ހުންނެވީ މާސްކް ވެސް ނާޅުއްވައެވެ.

ރާއްޖެ ވިއްކާލުމާ ދެކޮޅަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު، އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީސް ކައިރީގައި ބޭއްވި އެއްވުމުގައި، ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ފެންނަނީ ސަރުކާރުގެ ވާޖިބުތައް އަދާނުކުރާތަން ކަމަށެވެ. ރައްޔިތުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ނާގާބިލްވެ، ނުކުޅެދިފައިވާތަން ފެނިވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަ ތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަ ތަން. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ." ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސްކަން ކޮށްފައިވާ މީހުންނަށް ދައުލަތުން ދޭ އިނާޔަތްތައް ނަންގަވަމުން ގެންދަވާއިރު ޑރ. ވަހީދު ހަސަން އިދިކޮޅުގެ މުޒަހަރާގައި ބައިވެރުވެ ވަޑައިގެންނެވުމުން މިހާރުގެ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ފަރާތްތަކުން ފާޑުވިދާޅުވެފައި ވާއިރު މީގެކުރިން މި އިނާޔަތް ނަންގަވާ ބައެއް އެހެން ބޭފުޅުންވެސް މިފަދަ މުޒާހަރާ ތަކާއި އިހުތިޖާޖު ތަކާއި އެއްވުން ތަކުގައި ބަވެރިވެ ވަޑައިގެންފައިވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން