އެސްބީއައި ކައިރީގައި ހުރި ކެފޭއަކާއި އެސްބީއައި އިމާރާތުގައި ރޭ އަލިފާން ރޯވި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ނިއްމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން މި މައްސަލަ ބަލަން ނިންމާފައިވާއިރު، މިހާރު ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ނިންމައި ކޮމެޓީ މެންބަރުންނަށް އެ ބައްދަލްވުމުގެ ނޯޓިސްވެސް ފޮނުވާފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ 241 ކޮމެޓީން ރޭ މާލެ ސިޓީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅޭގޮތުން މަޝްވަރާކޮށް  ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ފުލުހުން ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާއިރު އަލިފާން ރޯވި އިމާރާތަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން