ހުޅުމާލޭގައި ރޭ ނިޔާވި 21 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން އިން ބުނެފިއެވެ.
އެޗްއީއޯސީ އިން ބުނީ ހުޅުމާލޭގައި ރޭ ނިޔާވި 21 އަހަރުގެ ޒުވާން އަންހެނަކު ކޯވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެ އެވެ. ހުޅުމާލޭގައި ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ހދ. މަކުނުދޫ، ބާނި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްއެވެ.
އެ ޒުވާނާ ކޯވިޑް-19 އަށް ޕޮޒިޓިވް ވިނަމަވެސް އެއީ އެ ބަލި ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި އެޗްއީއޯސީން ނުބަލައެވެ.
ފުލުހުން ބުނީ ރޭ 11:32 އެހާކަން ހާއިރު، އުމުރުން 21 އަހަރުގެ އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އެމީހާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ރޭ ނިޔާވި ޒުވާން އަންހެންމީހާ އަކީ އުރީދޫ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ. އުރިދޫ ކުންފުނިން ވަނީ އެ ހިތާމައިގައި ބައިވެރިވެ އާއިލާ އަށް ތައުޒިޔާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު