އައިސް ޕްލާންޓްތައް ހިންގުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ދެ އަތޮޅެއްގެ ރަށްތަކަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މިއަދު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ސަރުކާރުން ގެންގުޅޭ ކޮންޓްރޯލް މަސްވެރިންގެ އަތްމައްޗަށް ދޫކޮށްލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެެވެ. އެގޮތުން އަންނަ އަހަރު ސަޢޫދީ އަރަބިއްޔާ އާއި އެހެނިހެން ފަންޑުތަކުގެ އެހީތެރިކަމާއެކު އެކި ރަށްރަށުގައި އައިސްޕްލާންޓްތައް ޤާއިމުކޮށް، އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރަށްރަށުގައި އައިސްޕްލާންޓްތައް ޤާއިމުކޮށް، ކައުންސިލްތަކުން ބޭނުންވާނަމަ އެ ޕްލާންޓްތައް ހިންގުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކުރުމަށްވެސް ސަރުކާރުން ގަސްދުކުރާ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.
“ސަރުކާރުގެ މިއޮންނަ ކޮންޓްރޯލް އެ ބާރު ދޫކޮށްލަން މަސްވެރިންގެ އަތްމައްޗަށް.” ރައީސް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މިއަދު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަކީ ޤައުމުގެ އިޤްތިޞާދު ފުޅާކުރުމުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، އެ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
އޭގެއިތުރުން ދޯނިތަކުގައި އާރް.އެސް.ޑަބްލިއު ޕްލާންޓް ޤާއިމުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މަސްވެރިންނަށް ލުއި ލޯނުގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ސަރުކާރުން މަސްވެރިކަމަށް ދޭ އިސްކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު