ހ. މެރިން ޑްރީމްގައި ހުރި ބީއެމްއެލް އޭޓީއެމް: އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޓީއެމް ވަނީ ބަންދުކޮށްފަ
ހ. މެރިން ޑްރީމްގައި ހުރި ބީއެމްއެލް އޭޓީއެމް: އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޓީއެމް ވަނީ ބަންދުކޮށްފަ
ހެންވޭރު މެރިން ޑްރީމްގައި ހުރި އޭޓީއެމް ސެންޓަރު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރު ބަންދުކޮށްފައި މިވަނީ ހުކުރު ދުވަހުގެ ރޭ އޭޓީއެމް ސެންޓަރާއި ޖެހިގެން ހުރި ކެފޭ ޓިއޯލޯގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކަމަށެވެ. އަދި އޭޓީއެމް އަލުން ހުޅުވެންދެން މާލެ ސަރަހައްދުގެ އެހެން އޭޓީއެމްތައް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މެރިން ޑްރީމްގައި ހުރި ޑޮލަރު އޭޓީއެމް ސެންޓަރަކީ މާލޭގައި ހުރި ބީއެމްއެލްގެ ހަމައެކަނި ޑޮލަރު އޭޓީއެމްއެވެ. ބީއެމްއެލްގެ އިތުރު ޑޮލަރު އޭޓީއެމް ދެން ހުންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެގައެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކެފޭ ޓިއޯލޯ އެއްކޮށް އަނދާފައިވާ އިރު، އެ ކެފޭއާއި އިންވެގެން ހުރި އެހެން އިމާރާތްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ނުޖެހޭ ކަމަށްވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން