މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ސާފުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކ. ގާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ވޭތުވެދިޔަ ދެހަފްތާގެ 38 މިލިއަން ރުފިޔާ ހޯމަ ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ އެކައުންޓު ހުރި ފަރާތްތަކަށް ދޫކުރި 32 މިލިއަން ރުފިޔާ އާއި އެމްއައިބީ އެކައުންޓު ހުރި އޮޑިވެރިންނަށް ދޫކުރި 5.8 މިލިއަން ރުފިޔާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެއީ ބީއެމްއެލްގައި އެކައުންޓު ގެންގުޅޭ 196 މަސްވެރިއަކާއި އެމްއައިބީގައި އެކައުންޓު އޮޕަރޭޓްކުރާ 20 މަސްވެރިންނަށް ދޫކުރި ފައިސާ އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައި ވާތީ، ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްވެރިއަކަށް މާދަމާ އިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށާނެ ކަމަށްވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
އަދި އެމްއައިބީގައި އެކައުންޓު ހުރި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު