ސަރުކާރު ތަކުގެ އެކި ސިޔާސަތުތަކުގެ ސަބަބުން އައްޑޫ ރައްޔިތުން މިއަދު ވަނީ ބިކަހާލުގައި ޖެހިފައިކަމަށާއި، މިކަމަށް އަވަސް ހައްލުތަކެއް ހޯދައި ދޭންޖެހޭކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބް ރައީސް އަހުމަދު ޝަރީފް، ސައިރިކްސް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ރައްޔިތުންްނަށް މިއަދު ކުރިމަތި ވެފައިވާ އަދި ކުރިމަތިވަމުންދާ ދަތި އުދަގޫ ކަންތައްތަކަށް އިޝާރާތް ކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ގޮސްފައިވާ ބައެއްކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެކި ގޮތްގޮތަށް ބަދަލު ކުރުމުގެ ސަބަބުން އާއިލާތައް ވިއްސި ވިހާލިވެ ބިކަ ހާލުގައި ޖެހިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.
އައްޑޫގެ ރައްޔިތުންްނަަކީ އަބަދުވެސް ވަތަންދެކެ ލޯބިވާ މަސައްކަތްތެރި ރައްޔިތުން ތަކަކަށްވާއިރު ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އައްޑޫރައްޔިތުންނަށް މާޔޫސްކަން ވެރިވެފައިވާކަން ޝަރީފު ފާހަގަ ކުރައްވާފައި ވެއެވެ. މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށްވާއިރު ސިޔާސަތުތަކަށް ބަދަލު ގެނެސްގެންވެސް އައްޑޫ ރައްޔިތުންގެ ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މިހާރުން މިހާރަށް މަސައްކަތް ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
"އައްޑު އަތޮޅު ރައްޔިތުންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތް ކޮށްގެން އަނބި ދަރިންނަނަށް ކާންދީ، ތައުލީމު ދީގެން އަޅުކަމުގައި ވަގުތު ހޭދަ ކުރަމުން އަންނަ ބައެއް. ނަމަވެސް ސަރުކާރުގެ އެކި ސިޔާސަތުގެ ސަބަބުން އާއިލާތައް ވިއްސިވިހާލިވެ ލިބެމުންއައި އާމްދަނީ ހުއްޓި، ބިކަ ހާލުގައި ވަނީ އުޅެންޖެހިފަ." ޝަރީފް ވިދާޅުވިއެވެ.
އައްޑޫސިޓީގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރަމުން އައި ހުރިހައި މަސައްކަތެއް ނެތި ފަނާވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭ.ޑީ.ސީ) އިންވެސް ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. ޝަރީފް ނައިބް ރައީސްކަން ކުރައްވާ މި ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ގެނައި އިގްތިސާދީ ތަރައްގީން އައްޑުއަތޮޅު ވަނީ އެކަހެރިކޮށްފައި ކަމަށެވެ.
އައްޑުއަތޮޅު ރައްޔިތުންގެ އުއްމީދުތަކުގެ ނާރެސް ކަމުގައިވާ ގަން އިންޓަރނޭޝަނޭޝަނަލް އެއާރޕޯޓަށް ދެމެހެއްޓެނިވި އިގްތިސާދީ ދިރުމެއްނުގެނެސް ފަޅުތަނެއްގެގޮތުގައި ތާއަބަދު ބާއްވާފައި އޮތުމީ އައްޑުއަތޮޅުގެ ތަރައްގީއަށް ދެވިފައިވާ އެންމެ ބޮޑުއެއް ދެރައިގެ ގޮތުގައި އެޖަމްއިއްޔާއިން ފާހަގަކޮށްފައިވެއެވެ. އަދި އައްޑުއަތޮޅަށް ފަތުރުވެރިކަމުގެ ވިޔަފާރި ތައާރަފްކޮށް ދެމެހެއްޓެނިގޮތުގައި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވޭނޭ މަގުވެސް ދައްކާފައި ނުވާކަން މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު މިހާލަތްތައް ދިގުދެމިގެން ގޮސްފައިވާތީ އައްޑުއަތޮޅުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތިހާލަތްތަކަށް ދިވެހި ދައުލަތާއި ސަރުކާރުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ޒިންމާ އޮތްކަމަށާއި، ސަރުކާރުން އައްޑުއަތޮޅަށް ޓީމެއް ފޮނުވައިގެން ނަމަވެސް އަތޮޅުގެ ރައްޔިތުންގެ ހާލަތު ބައްލަވައި އާމްދަނީ ލިބުމުގެ މަގު ގެއްލިފައިވާ މީހުންނަށް އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް އިތުރު ތަކުލީފުތަކެއް ނުޖައްސައި ކޮންމެ މަހަކު 5000 ރުފިޔާ ލިބޭނޭ އިންތިޒާމް ހަމަޖައިސައި ދިނުމަށް އޭޑީސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އައްޑޫގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ބޮޑު ޚަރަދުކޮށްގެން އައްޑޫގައި ތަރައްގީ ކޮށްފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަކީ "ނަމުން އިންޓަރނޭޝަނަލް، ކަމުން ބޭކާރު ތަނެއް" ކަމަށެވެ. އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ނުވަނީ ވެސް މި އެއަރޕޯރޓްގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ސަރުކާރުން މަސައްކަތް ނުކުރާތީ ކަމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ބުނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އަލުން ބޯޑަރ ހުޅުވާލިއިރު، ކޯވިޑް ސޭފް ޒޯނެއްގެ ގޮތުގައި އައްޑޫސިޓީ ހިމެނޭ ޒޯން ހަދައިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ސީދާ ދަތުރުތައް ބާއްވައިގެން އެސަރަހައްދަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރުމަށްވެސް އައްޑޫގެ ބަޔަކު އިސްނަގައިގެން މަސައްކަތް ކޮށްފައިވާކަން "ރަސް އޮންލައިން" އަށް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު