ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ހދ.ކުޅުދުއްފުއްޓާއި، ގދ.ތިނަދޫ މޮނިޓަރިންއަށް ލައިފިއެެވެ.

އެޗްޕީއޭއިން ބުނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނައި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ޢުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެޗްޕީއޭއިން ބުނީ، އެކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށްދާކަމަށާއި އަދި މިކަމާ ގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށެވެ. އެހެންކަމުން އެރަށަށް އަރާފޭބުން އެޗްޕީއޭއިން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާ މާލެ ގެނައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަކުގައި 4 ދުވަހު ފަރުވާދިނުމަށްފަހުއެވެ.

ކުޅުދުއްފުށިން މާލެގެނައި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެ ވާއިރު ގދ. ތިނަދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށްލާފައެވެ. ތިނަދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުގެ ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައްހުރެގެން ބައްޔަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން