އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެވަ ގްރީން/ ލ. ކަޅައިދޫ/ މުހައްމަދު އައިޝަރު ޔޫސުފް (22އ.) ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެެވެ.
އަދި އޭރު އޭނާގެ ބަންދަށް 15 ދުވަސް ޖެހި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދު އަނެއްކާވެސް ވަނީ 30 ދުވަހަށް އިތުރުކޮށްފަ އެވެ.
ބަންދު އަމުރުގައިވާގޮތުން އައިޝަރު ދިރިއުޅުނު އެޕާޓްމަންޓާއި އޭނާގެ ހަށިގަނޑުން އެކި ބާވަތްތަކުގެ މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި އޭގެ ބަރުދަން އެއް ކިލޯއަށް ވުރެ މައްްޗެވެ.
އަދި މަސްތުވާތެކެތި ބަންދުކުރަން ބޭނުންވާ އާލަތްތައް ވެސް ފެނުނުކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު