މާލޭގެ އެއްގަމުގައި ހިންގާ ފިހާރައެއް
މާލޭގެ އެއްގަމުގައި ހިންގާ ފިހާރައެއް
މާދަމާއިން ފެށިގެން ހެނދުނު 6 ޖަހާއިރު ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީ އިން ނިއްމައިފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިހާރަަތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތަކެއް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިހާރަތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ. އިކޮންމިކް މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 9:30 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މި ބަދަލު އެ މިނިސްޓްރީން ގެނެސްފައިވަނީ ރޭގަނޑު 8:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވާތީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ވިޔަފާރި ވެރިން ވަނީ ފިހާރަތައް ހެނދުނު ހައެއް ޖަހާއިރު ހުޅުވުމުގެ ހުއްދަ ދިނުމަށް ގޮވާލާ އިހުތިޖާޖެއް ވެސް މިފަހުން ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން