މާލޭގައި އެންމެ ފުޅާކޮށް ހިޖާމާޖެހުމުގެ މަސައްކަތް ކުރަމުން ދިޔަ ފަޒީލާ އުސްމާންގެ ކްލިނިކުން ހިޖާމާޖެހުމުގެ ކަންތައް ހުއްޓުވި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ހުއްދަ ނުނަގައި ހިޖާމާޖަހާ ކަމަށް ބުނެ ފަޒީލާއަށް ހިޖާމާޖެހުން ހުއްޓާލަން މީގެ ކުރިން ހެލްތު މިނިސްޓްރީން އެތައް ފަހަރަކު އެންގި ނަަމަވެސް ފަޒިލާ އެކަން ހުއްޓައެއް ނުލައެވެ.
އެހެން ނަމަވެސް ހެލްތު މިނިސްޓްރީން އެކަން ފުލުހުންނަށް އެންގުމުން ފަޒީލާ ހިޖާމާޖެހުން ހުއްޓާލިތާ މިހާރު ވަނީ ތިން ހަތަރު މަސް ވެފައެވެ.
ފަޒީލާ ބުނެފައިވާ ގޮތުގައި އޭނާ ހުއްދައަށް އެދުމުން ޝަރުތުތައް ހަމަނުވާ ކަމަށް ބުނެ ހެލްތު މިނިސްޓްރީން ހުއްދައެއް ނުދެއެވެ.
އެހެން ނަމަވެސް ފަޒީލާ ބުނީ ހިޖާމާޖެހުމުގައި އުޅޭ އެހެން މީހުން އެކަން ކުރަނީ ހުއްދަ ނުނަގައި ކަމަށާއި އެކަމާމެދު ހެލްތު މިނިސްޓްރީން އަޅާނުލާ ކަމަށެވެ.
އެހެންވެ ފަޒީލާ މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ހިޖާމާޖެހުމަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ފަޒީލާ ބުނެފައިވާ ގޮތުގައި އޭނާ ވަނީ ހިޖާމާއާ ގުޅޭ ބައިނަލްއަގުވާމީ ފެންވަރުގެ ކޯހެއް އިނގިރޭސިވިލާތުން ފުރިހަމަވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު