ރައީސް ސޯލިހުއާއި ފައްޔާޒް-
ރައީސް ސޯލިހުއާއި ފައްޔާޒް-
ނިމިގެން ދިޔަ ސަރުކާރުގައި އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ މަައްސަލަތަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އެކި މައްސަލަތަކުގައި ދިން ބަދަލުގެ އަދަދު އުޅެނީ ބިލިއަން ރުފިޔާއިން މަތީގަ އެވެ.

އެހެންވެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގުވެރި ނޫން ބަޔަކަށް ފައިސާތަކެއް ހޯދައިދިނުމަށް އެ ބޭފުޅުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެކަން ބަލަން މިއަދުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންނެވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރައްވައި ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ އެނިންމުން ފާސްކޮށްފަ އެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ސެޓެލްމަންޓް ކޮމިޓީގައި ފައްޔާޒް އިންނެވި އިރު އޭނާގެ އާއިލާގެ ބޭފުޅަކަށް ވެސް އެތައް އަހަރަކަށް ރިސޯޓު ހަދަން ރަށްތައް ދީފައި އޮތް ކަމަށެވެެ.

ކޮމިޓީގެ ނިންމުމަށް ޕީއެންސީގެ މެމްބަރުން ތާއިދުކުރެއްވި އިރު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މީގެ ކުރިން މާލިއްޔަތު ކޮމިޓީގެ ތާރީހުގައި ވެސް އެގޮތަށް ވަކި މީހެއްގެ މައްސަލަ ބަލާފައި ނެތް ކަމަށެވެ.

އަދި މިއީ ސިޔާސީ ބޭނުމަށް ބިރު ދެއްކުމުގެ ނިޔަތުގައި ކުރަން އުޅޭކަމެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން