ރާއްޖެއަށް ފަސް ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި ހައްޔަރުކުރި އެކަކުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ / ފާގަތިގެ، އަަހްމަދު ނަސީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، އަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ.
އޭގެ ތެރެއިން ނަސީރު ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ ކޮންޓްރޯލް ޑެލިވަރީ ހަދައިގެން މާލެއިން ނެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އައިހަމްގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ 15 ދުވަހަށް އަނެއްކާވެސް އިތުރުކޮށްފަ އެވެ.
އެ މައްސަލައިގައި ތުހުމަތުތަކަށް އައިހަމް އިންކާރު ކުރާ ކަމަށާއި އަދި އޭނާއަށް މީހަކު ގުޅާފައި ފޮށިގަނޑެއް ހަވާލުވާން އެެދުމުން އެހީތެރިވެދިނީ ކަމަށް ބުނެފައިވާ ކަމަށް ބަންދު އަމަރުގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް ގިނަ އަދަދެއްގެ ފައިސާ އައިހަމްގެ އެކައުންޓަށް ރޯލްކޮށްފައިވާކަން އެނގޭ ސްޓޭޓްމަންޓްތައް ފުލުހުން ހުށަހަޅާފައިވާ ކަމަށް ބަންދު އަމަރުގައި ބުނެފައި ވެއެވެ.
'
އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ދެ މީހުންގެ ބަންދާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު