އަލިފާނުގެ ޙާދިސާ ހިންގި ޢިމާރާތް
އަލިފާނުގެ ޙާދިސާ ހިންގި ޢިމާރާތް
މ. ގްރީން ބިލްޑިންގ ޢިމާރާތް ހުންނަ ބްލޮކްގައި މިއަދު ރޯވި އަލިފާނާއި ގުޅިގެން މެދުކެނޑިފައިވާ އެންވަޔަރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ހެނދުނު ރޯވި އަލިފާނުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތާއި އެ ތަންތަނުގައި ގެންގުޅޭތަކެތި ވަނީ އަނދާފަ އެވެ.

އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

"އަލިފާނުގެ ހާދިސާގެ ސަބަބުން މި ވުޒާރާއިން ދެމުންގެންދާ ހިދުމަތްތައް މިވަގުތަށް މެދުކެނޑިފައިވީ ނަމަވެސް އެ ހިދުމަތް ދެވޭނެ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އެކަންކަން އިންތިޒާމް ކުރެވުނުހާ އަވަހަކަށް އާންމުކޮށް އަންގާނެ ވާހަކަވެސް ދެންނެވީމެވެ." އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް ހުއްޓުނުއިރު އެ މިނިސްޓްރީގެ ދަށުން ހިންގާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.

މިއަދު އަލިފާން ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން