ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އުރީދޫ އާއި އެސްބީއައިގެ ޚިދުމަތަށް ބުރޫ ނާރާނެކަމަށް އެ ދެ ކުންފުނިން ބުނެފިއެވެ.

އުރީދޫގެ ހެޑް ކުއާޓާ ކަމަށްވާ ހ. ސަންލީޓް ބިލްޑިންގ އާއި އިންވެގެން ހުންނަ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އުރީދޫއިން ބުނީ އުރީދޫގެ އެޗްކިއު ބިލްޑިންގގައި ހިނގި މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ކުންފުންޏަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާއި ގުޅިގެން އުރީދޫގެ އެޗްކިއު ބިލްޑިންގ އިމާރާތުން ދެމުން އައި ހިދުމަތް ދުވަސް ކޮޅަކަށް އެ ބިލްޑިންގ އިން ނުލިބޭނެ ކަމަށާއި، އެކަމަކު އުރީދޫގެ ރީޖަނަލް އޮފީސް ތަކުންނާއި އޮޕަރޭޝަން ސެންޓަރުން ހިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ރޭ ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ބުނެފައިވަނީ، އެބޭންކުގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިނަމަވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ފަސް ފަންގިފިލާއެއްގައި އެސްބީއައިގެ އޮޕަރޭޝަންތައް ހިނގަމުންދާ ކަމަށާއި، އޭގެ ތެރެއިން 8 ވަނަ ފަންގިފިލާއަށް އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާކަމަށް އެސްބީއައިން ބުނެއެވެ.

އެސްބީއައި އިން ބުނީ ބޭންކު ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިނަމަވެސް، އާދީއްތަދުވަހު ބޭންކުގެ އޭޓީއެމް ޚިދުމަތާއި ބޭންކުގެ އެހެނިހެން ޚިދުމަތްތައްވެސް ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ލިބޭނެކަމަށެވެ. އަދި ބޭންކުގެ ތިޖޫރިތަކާއި ވޯލްޓްއަކީ ފަޔަރ ޕްރޫފް ތަކެތިކަމަށް އެސްބީއައިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން