އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އުމުން 43 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށާއި އެ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ 28 އޮގަސްޓް 2020 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އިތުރުން ރޭޕް ގެ މައްސަލަތައް، ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރު ވަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު