ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން ދޭހަވަނީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީ ސިފައިން ހަތިޔާރާއި އެކު ފޯރިމަރަން ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން ދޭހަވަނީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ކަމަށެވެ. އަދި ޤައުމުގެ ހާލަތު މިހާހިސާބަށް ދިޔައީ ސަރުކާރު ބަލިކަށިވުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން ވަނީ ތަދުމަޑުކަމާއެކު ހާލުގައި ޖެހިފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންޑިއާ ހައިކޮމިޝަން ކުރިމަތީގައި ހަތިޔާރާއި އެކު ފޯރިމަރަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ވަކި އެއްޗެއް ނުބުނެއެވެ. ހައިކޮމިޝަން ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ދާދިފަހުން މުޒާހަރާކުރި ފަހުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު