އެހެން އަހަރުތަކުގައި އެންމެ ގިނައިން ފަތުރުވެރިން އަންނަ މޫސުމާ އަޅާބަލާއިރު މި އަހަރުގެ ޕީކް ސީޒަން ފެށުނުއިރު ރާއްޖެއަށް ފަތުރުވެރިން އައި އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ 11 ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 62،249 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 63،523 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެގައުމުން 256،197 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މި މަހުގެ 11 އާ ހަމައަށް ރާއްޖެއަށް 1،899،884 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،747،370 ފަތުރުވެރިންނެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ދަތުރުވެރިންގެ އަތުން ނަގާ ޓެކްސް އާއި ފީ ބޮޑުކޮށްފައިވަނީ މި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު