ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލު ބުރުގެ ތެރެއިން: ގިނަ ބަޔަކު ސައިކަލު ބުރުގައި ބައިވެރިވި
ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލު ބުރުގެ ތެރެއިން: ގިނަ ބަޔަކު ސައިކަލު ބުރުގައި ބައިވެރިވި
ހުކުރު ދުވަހު އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބޭއްވި ސައިކަލު ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕްރޮގުރެސިވް ކޯލިޝަނުން ބުނީ މާދަމާ ރޭ 19:00 ގައި ފުލުހަށް ހާޒިރުވުމަށް ޝުޖާއުއަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި އިދިކޮޅުން ސައިކަލު ބުރު ބޭއްވުމުން ފުލުހުން ވަނީ އެމައްސަލަ ތަހުގީގް ކުރަން ފަށާފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތުން މިހާރު އެންމެ ގިނަވެގެން ވެސް އެއްފަހަރާ އެއްވެވެނީ ފަސް މީހުންނަށެވެ. އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް މާސްކް އަޅައިގެން ނިކުންނަން ޖެހޭއިރު އެ ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާ ތިބި ކަން ފާހަގަކުރެވެއެވެ.

އެހެން ނަމަވެސް ގިނަ މީހުން މާސްކް އަޅައިގެން އުޅުނު ކަން ވެސް ފާހަގަކުރެވެއެވެ. އިދިކޮޅު އެއްވުމުގައި ގިނަ ބަޔަކު ބައިވެރި ވުމުން ގައިދުރުކަން ވެސް ގެއްލިގެންދިޔައެވެ. މާސްކް ނާޅާ މީހުންނާއި މެދު ފިޔަވަޅު އެޅުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭތީވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން