ވޭޕް ވިއްކުމާއި ހިލޭދިނުމާއި ބޭނުންކުރުމާއި ގެންގުޅުން މިރޭ 12 އިން ފެށިގެން މަނާވާނެއެވެ.
ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިދިޔަ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
އެގޮތުން އެ ޤާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުމާއި ގެންގުޅުމާއި ހިލޭބެހުން މަނާވާނީ މިރޭ 12:00 އިން ފެށިގެންނެވެ. ހަމައެއާއެކު އެޤާނޫނާ ޚިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް އެ ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.
ޤާނޫނުގައި ވާގޮތުން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުންވާ އެހެނިހެން އުފެއްދުންތައް އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ހަމައެއާއެކު އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
އޭގެއިތުރުން ވިއްކާ ކޮންމެ އީ-ސިނގިރޭޓަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
އަދިހަމަ އެހެންމެ އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000 ރުފިޔާގެ ޖޫރިމަނާއަށް ދައްކަން ޖެހޭނެކަމަށް ޤާނޫނުގައިވެއެވެ. އަދި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
މިޤާނޫނުގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރަށް ވަނީ މަތިކޮށްފައެވެ. އޭގެ އިތުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ވޭޕްގެ މުޢާމަލާތްތަކާއި ވޭޕްގެ އިސްތިޢުމާލުކުރުން މިރޭ 12 އިން ފެށިގެން މަނާވާއިރު ފުރާވަރުގެ ކުދިން ވޭޕް ކުރުމަކީ "ނިކޮޓީން އެޑިކްޝަނުން ސަލާމަތްވުމަށްވުރެ، ނިކޮޓީން އެޑިކްޝަނަށް މަގުފަހިވާނެ މަގެއް" ކަމަށް ބުނެ ތަޖުރިބާކާރުން ވަނީ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު