ޝާން މުހައްމަދު   14 ޑިސެމްބަރު 2024 - 15:30
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ކޮންފަރެންސް ފަށައިފި އެވެ.

"އިގުތިސާދީ ދިރާސާތައް ފުޅާކުރުން: ދެމެހެއްޓެނެވި މުސްތަގުބަލަކަށް ސިޔާސަތާއި އީޖާދުކުރުން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ކޮންފަރެސް ފަށާފައި ވަނީ މިއަދުއެވެ.

އެކި ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް މި ކޮންފަރެންސަށް ހުށަހަޅާން ހަމަޖެހިފައިވާއިރު ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ފަހިވެފައި ހުރި އިގުތިސާދީ އެކި ފުރުސަތުތަކަށެވެ.

ކޮންފަރެންސްގައި ރިސާޗް ޕޭޕަރުތައް ހުށަހެޅުމުގެ އިތުރަށް މަތީ ފަންތީގެ ޕެނަލް ޑިސްކަޝަންތަކެއްވެސް ކުރިއަށް ގެންދާނެ އެވެ.

މި ކޮންފަރެންސްގެ ތެރެއިން އެމްއެމްއޭ އިން ވަނީ އެތަނުގެ ޑޭޓާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އާޓުތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވެސް ހުޅުވައިލައިފަ އެވެ. މި އާޓް މުބާރާތުގައި ވޯޓު ދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މި ކޮންފަރެންސްއާ ގުޅިގެން ތައާރަފުކުރާ 5،000ރ. ރުފިޔާގެ ނޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން