ބަލީގެ އަދާހަމަ މައުލޫމާތު ޝީޓް
ބަލީގެ އަދާހަމަ މައުލޫމާތު ޝީޓް
ރާއްޖެއިން އިތުރު 109 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 80 ދިވެހިންނާއި ބަންގްލަދޭޝްގެ 24 މީހަކާއި އިންޑިއާގެ ދެމީހަކާއި ސްރީލަންކާގެ ދެމީހަކާއި ނޭޕާލް މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 106 މީހަކު ބައްޔަށް ޕޮޒިޓިވްވީ މާލެ ސިޓީއިންނެވެ. މިއަދު ތިން މީހަކު އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 7578 އަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ތިބީ 2619 މީހުންނެވެ. ކޮވިޑް ޖެހުނު މީހުން ތެރެއިން މިއަދު 52 މީހުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 4925 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓާ ތަކުގައި އެނދުމަތިކޮށްގެން މިވަގުތު ފަރުވާ ދެމުން ގެންދަނީ 184 މީހަކަށެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ތަކުގެ ރަށްތަކުގެ ތެރެއިން 33 ރަށެއްގައި ބަލިޖެހިފައިވާ މީހުން މިވަގުތު އެބަތިބި ކަމަށެވެ. އަދި 15 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 19 މުވައްޒަފުންނަށް ބަލިޖެހިފައި މިވަގުތު އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން