ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް
ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް
ރާއްޖޭގެ ބިން ބޭރުގެ ފަރާތަކަށް ވިއްކާކަށް މި ސަރުކާރަކުން ނޫޅޭ ކަމަށާއި، ބިން ވިއްކުން ހުއްޓުވީ ރައީސް ސޯލިހް ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ބިންތައް 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ކުރީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލްކޮށް ބިން ނުވިއްކޭ ގޮތަށް ގާނޫނު އިސްލާހުކުރީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށެވެ.

"ރާއްޖޭގެ ބިން ވިއްކާކަށް ސަރުކާރަކުން ނޫޅޭ، އެކަމާ ކަންބޮޑުވެގެން އެއްވެސް މީހަކު އުޅޭކަން ނުޖެހޭނެ." މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހަކީ މަޖިލީހުގައި އޭރުގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއި ދެކޮޅަށް ވޯޓް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ރާއްޖެ ވިއްކާލުމާއި ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ވިއްކޭ ގޮތަށް ގާނޫނު ފާސްކުރީ ރައީސް ޔާމިންގެ ސަރުކާރުގައި ކަން ހަނދާން ނެތުނީ ކަމަށް ވެދާނެ ކަމުގައި މަހުލޫފް ވިދާޅުވިއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިސްނަގައިގެން ހުކުރު ދުވަހު ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި ވަނީ ސައިކަލު ބުރެއްވެސް ބާއްވައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސޯލިޙް

02-Sep-2020

ރަގަޅަށް ހަކުރާ ބަތާ ކާފި


-10

ައަހުމަދު ފަހުމީ

30-Aug-2020

ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ހަތިޔާރާއި ހަނގުރާމަ މަތީ އުޅަނދު ފަހަރާއެކު ބޭތިއްބުމަކީ ހުރިހާ ކަމަކަށްވުރެ ބޮޑު ގޯހެއްގެ



ޓްރެންޑިން