އާ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ 2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ރައީސްގެ އެ ނިންމެވުމާއެކު އާއަހަރުގެ މުނާސަބަތުގައި ހަތަރު ދުވަސް ބަންދުގެ ގޮތުގައި ލިބޭނެ އެވެ.
މީގެ ކުރިން ވެސް ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ފަހުން އެގޮތަށް ޗުއްޓީ ލިބޭނެ ގޮތް ހައްދަވައިދެއްވުމަށްޓަކައި ރަސްމީ ދުވަސްތައް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު